މި ރަމަޞާން މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ ބާއްވަނީ

Screenshot 2026-02-19 at 18.16.43

މި އަހަރުގެ ރަމަޞާން މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ ބާއްވަން ހަމަޖެހިފައި ވާކަމަށް އިސްލަމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ކުރި ޕޯސްޓެއްގައި ވަނީ، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިހްޔާ ފޯރަމްގެ މައުލޫއަކީ ރަމަޞާންމަހުގެ މަތިވެރިކަން ކަމަށެވެ. މި ފޯރަމް ބާއްނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ21:30ގައެވެ.

މި ފޯރަމްގައި ތަގުރީރުކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަުދ ޝަހީމް އަލީ ސައީދެވެ.

މި އަހަރު ޖުމުލަ 18 އިޙްޔާ ފޯރަމް ބާއްވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެެވެ. އޭގެތެރެއިން 8 ބައްދަލުވުން ބާއްވާނީ މާލޭގައެވެ. މާލޭގައި އިޙްޔާ ފޯރަމްތައް މިރެއިން ފެށިގެން އަންނަ މަހުގެ 15އާ ހަމައަށް ކުރިޔަށްގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ