ވިޔަފާރިވެރިޔާ އަހްމަދު ޗިޔާމް މުހައްމަދުގެ ޚަރަދުގައި ނ. ކުޑަފަރީގައި ބިނާކުރި މިސްކިތް ހުޅުވައިފިއެވެ.
"މަސްޖިދު މުހައްމަދު ގާސިމް"ގެ ނަމުން ނަން ދީފައިވާ މި މިސްކިތް ހުޅުވީ އިއްޔެ މަޣްރިބް ނަމާދަށް ފަހުއެވެ. މި މިސްކިތަކީ ޗިޔާމްގެ ބައްޕަގެ ހަނދާނުގައި ބިނާކޮށްފައިވާ މިސްކިތެކެވެ.
މި މިސްކިތުގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި މިސްކިތް ބިނާކޮށްފައި ވަނީ އިހުގެ ދިވެހި ފަންނުވެރިކަމާއި ސަގާފަތް ދައްކުވައިދޭ ގޮތަކަށެވެ. އަދި މި މިސްކިތް ފަރުމާކޮށްފައި ވަޏީ މާލޭ ހުކުރު މިސްކިތް ނަމޫނާއަކަސް ބަލައިގެންނެވެ.
މިޒަމާނުގެ މިސްކިތްތަކާ ޚިލާފަށް މި މިސްކިތަކީ މީގެކުރިން ރާއްޖޭގައި ހުރި މިސްކިތައްތައް ރަމްޒުކޮށްދޭ ގޮތަކަށް ފަރުމާކޮށްފައިވަ މިސްކިތެކެވެ. އެހެންކަމުން މި މިސްކިތަށް ގިނަ ބައެއްގެ ތައުރީފު ސޯޝަލް މީޑިއާގައި ދަނީ އޮހެމުންނެވެ.
ރަމަޞާންމަހާ ދިމާކޮށް ގިނަ ރަށްތަކުގައި އާ މިސްކިތްތައް ހުޅުވާފައިވާއިރު، ސަރުކާރުން ވެސް ވަނީ އެކި ސަރަހައްދުތަކުގައި އާ މިސްކިތްތައް ރަމަޞަންމަހާ ދިމާކޮށް ހުޅުވައިފައެވެ.