b_202602211201371771657297.1457

ހުޅުމާލޭ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 5 މީހަކަށް ބޯހިޔާވަހިކަން ހަމަޖައްސައިފި

ހުޅުމާލެ ވަން އެވެނިއުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަނުގައި ދިރިއުޅުނު ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހަމަޖައްސައިދީފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ވަން އެވެނިއުގެ ހަތް ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބަދިގޭގައި ރޭގެ ވަގުތެއްގައެވެ.

އެ ހާދިސާގައި އެ އެޕާޓްމަންޓްގެ ބަދިގެވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީން ވަނީ އެމީހުންނަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ތިން ދުވަހުގެ މުއްދަތަކަށް ވަނީ ހަމަޖައްސައި ދީފައެވެ.

އެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލް ހޯދުމުގެ މަސައްކަތް އެންޑީއެމްއޭއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!