ފިޝަރީޒް އެޑްވައިޒަރީ ކޮމިޓީއަށް ކުރިމަތި ލުމަށް އިތުރު ފުރުސަތެއް

ރައީސް ކެޔޮޅުންގެ ލޮބީއާއެކު ބެއްވެވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ރައީސް ކެޔޮޅުންގެ ލޮބީއާއެކު ބެއްވެވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް އުފެއްދި "ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ"ގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަލުން ހުޅުވާލައްވައިފިއެވެ.

ރައީސް އޮފީހުން ވަނީ ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއް އެކުލަވައިލައިފައެވެ. އެއީ:

  • ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ
  • ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ
  • ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ

މި ތިން ކޮމިޓީއަށް ވެސް މެމްބަރުކަމަށް ކުރިމަތި ލުމަށް މިއަދު ވަނީ އަލުން ހުޅުވައިލައިފައެވެ.

ރައީސް އޮފީހުން ބުނީ، މި ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމަށް އިތުރު ފުރުސުތު ދިނުމަށްޓަކައި، މިއަދުން ފެށިގެން 3 މާރިޗްވާ އަންގާރަ ދުވަހުގެ 12:00ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައި ވާކަމަށެވެ. މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އީމެއިލް މެދުވެރިކޮށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަން ކައުންޓަރުންނެވެ.

ކޮމިޓީތަކުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑު ވެސް ކުރެއްވޭނެކަން އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ