އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ރިފްއަތު އައްޔަން ކުރައްވައިފި

455101_96bdb636-d_

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް މ. ވޭވަށް، ކިނާރާ ރިފްޢަތު ޢަބްދުﷲ، ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ޢައްޔަންކުރައްވައިފިއެވެ.

މިއަދު، ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރިފްޢަތު ޢަބްދުﷲ ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ރިފްޢަތަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ރިފްޢަތާ ޙަވާލުކޮށްދެއްވާފައެވެ.

އީސީގެ މެންބަރުކަމަށް އައްޔަން ކުރެއްވި ރިފްޢަތު މީގެ ކުރިން ވަނީ އެ ކޮމިޝަނުގެ ލީގަލް ހެޑްގެ މަގާމު ފުރުއްވައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ