1_Suspect_1_1f0858e9f3

ދީނަށް ފުރައްސާރަކުރާ މައްސަލައިގައި ބޫގާ ފުލުހަށް ހާޒިރުކުރަނީ

ޓިކްޓޮކްގައި، އިސްލާމްދީނަށް ފުރައްސާރަކޮށް ވީޑިއޯ އާއްމުކުރަމުން ގެންދާ ހ. ފިލިކުރިގޭ އަހުމަދު އާމިރު 51އ (ބޫގާ) ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ބޫގާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށް ފުލުހުން މިއަދު ބުނީ، ބޫގާ ފުލުހަށް ހާޒިރުކުރަނީ، ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

ފުލުހުން ބުނީ ބޫގާ ހޯދަން އިއުލާނުކުރީ އެ މައްސަލައިގެ ތަހުގީގަށް އޭނާ ފުލުހަށް ހާޒިރުކުރަން ބޭނުންވިޔަސް، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުން ޗިޓު ރައްދުކުރެވިފައިނުވާތީ ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އެންގުމުގެ ގޮތުން ކަމަށެވެ.

ފުލުހުން ވަނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހުގެ 16:00 އަށް ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށް ބޫގާއަށް އަންގައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!