އައްޑޫ ސިޓީގައި ޑެންގީ ހުން ފެތުރުން އިތުރުވާތީ ސަމާލުވުމަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން އިލްތިމާސް ކޮށްފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ޑެންގީ ހުން ފެތުރުން އިތުރުވާތީ ކުރުން މުހިންމު ކަންކަން ފާހަގަކޮށްފައެވެ. އޭގެތެރޭގައި މަދިރި އާލާވާ ތަންތަން ނައްތައިލުމާއި މަދިރިން ސަލާމަތް ވުމަށް މޮސްކިޓޯ ރެޕެލެންޓު ބޭނުންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، ފަތިސް ގަޑީގައާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ވެސް އޭއީއެޗްއިން ވަނީ އެދިފައެވެ.
ޑެންގީގެ އަލާމާތްތައް:
- ގައިގައި ރިއްސުން
- ހުން އައުން
- ބޮލުގައި ރިއްސުން
- ލޮލުގައި ރިއްސުން
- ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން
ޑެންގޫގެ އަލާމާތްތައް ފެނިއްޖެ ނަމަ، ގޭގައި ދެވިދާނެ ފަރުވާ:
- ގިނަގިނައިން ދިޔާ އެއްޗެހި ބޭނުން ކުރުން
- ޕެނެޑޯލް ނުވަތަ ޕެރެސެޓެމޯލް ނޫން އެއްޗެއް ބޭނުން ނުކުރަން
- ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަ ނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުން