ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފަކަށް އަނެއްކާ ވެސް އަނިޔާވެ އައިޖީއެމްއެޗްގެ ވެންޓިލކޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ،
މިކަމާ ގުޅިގެން ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ، މިއީ މާލޭގައި ހުންނަ ވެމްކޯ ސައިޓެއްގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި ހާދިސާއެއް ކަމަށެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ ހަވީރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައި ވާކަމަށާއި އޭނާއަށް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗް އައިސީޔޫގައި ކަމަށް ވެސް ފުލުހުންގެ މެސެޖުގައި ވެއެވެ.
އިތުރަށް ފުލުހުން ބުނީ، މި ހާދިސަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލަ ސޯޝަލް މީޑިއާއަށް ފެންމަތިކޮށް ޑްރައިވަރުގެ ފޮޓީއެއް ދަނީ ދައުރު ކުރަމުންނެވެ. ސޯޝަލް މީޑިއާގައި މީހަކު ހިއްސާކޮށްފައި ވާގޮތުގައި މި ހާދިސާ ސިއްރުކުރުމަސް ދަނީ މަސައްކަތް ކުރަމުންނެވެ.
ިދިޔަ މަހު ތިލަފުށީ ވެމްކޯ ސައިޓެއްގައި ވެސް ވަނީ ހާދިސާއެއް ހިނގައިފައެވެ. މި ހާދިސާގައި ވަނީ އުމުރުން24 އަހަރުގެ ބިދޭސީއަކު މަރުވެފައެވެ.