މަޝްހޫރު ފިލްމް ޑައިރެކްޓަރު އަދި އެކްޓަރު އަހްމަދު ނިމާލް 62އ މިއަދު މަރުވެއްޖެއެވެ.
ނިމާލަށް ސްޓްރޯކެއް ޖެހި، އޭޑީކޭ ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ފަރުވާދޭން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގައެވެ.
އޭގެ ފަހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް، ފަރުވާދީފައިވެއެވެ.
އައިޖީއެމްއެޗުން ބުނީ، ނިމާލަށް ފަރުވާ ދެމުން ދަނިކޮށް މަރުވީ މިއަދު ހެނދުނު 6:50 ހާއިރު އެވެ.
ނިމާލު މަޝްހޫރުވެފައިވަނީ އެކްޓަރެއްގެ ގޮތުގައެވެ.
ނިމާލަކީ ކުޅަދާނަ ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއްވެސް މެއެވެ.
އޭނާ ޑައިރެކްޓުކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ދިވެހިންތެރޭ މަގްބޫލުކަން ހޯދި ލޯބިވެވިއްޖެ، ޒަލްޒަލާ، ވާލޯބި އެނގޭނަމަ، ހަލާސް ނިއުމާ ފަދަ ފިލްމުތައް ހިމެނެއެވެ.
ނިމާލް އެންމެ މަގުބޫލު ރޯލެއް ކުޅެފައި ވަނީ 2023 ވަނަ އަހަރު ރިލީޒްކުރި "ލޯބިވެވިއްޖެ" ފިލްމުގައެވެ.
ފިލްމީ ދާއިރާ އަށް ނިމާލް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް އޭނާއަށް ވަނީ 1991 ވަނަ އަހަރު ހިތްވަރުދިނުމުގެ ގައުމީ އިނާމު ވެސް ލިބިފަ އެވެ.