އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ އަކްރަމްކަމާލުއްދީން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާންގެ އަނބިކަނބަލުންނާއި ދަރިކަލުންނަށް މަގުމަތިން ފުރައްސާރަކޮށްފިއެވެ.
މިނިސްޓަރު އިހްސާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަހީދާއި އަކްރަމް އިއްޔެގެ ވަގުތެއްގައި މަގުމަތިން އޭނާގެ އަނބިކަނބަލުންނާއި ދިހަ އަހަރުގެ ދަރިފުޅުގެ ވީޑިއޯ ނަގައިފައިވާ ކަމަށެވެ. އަދި ފަހުން އެެ ވީޑިއޯ ފޭކް އެކައުންޓަކުން އާންމުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ އިންސާނީ ހައްގުތަކަށް ވަހީދާއި އަކްރަމް ވަކާލާތުކުރާއިރު، އެ ދެ މީހުންގެ އަމަލުތައް ހުރީ ވަރަށް ދަށުދަރަޖައެއްގައި ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެކަމުން ސާފުވަނީ އެމްޑީޕީގެ ގޮތްކުޑަކަން ކަމަށެވެ.