މެދުއިރުމަތީގެ ގައުމަކަށް ދާނަމަ، އެއާޕޯޓަށް ދިއުމުގެ ކުރިން ފްލައިޓުގެ މައުލޫމާތު ހޯދަން އެދިއްޖެ

6073381123359707015

މެދުއިރުމަތީގެ ގައުމަކަށް ދަތުރުކުރާނަމަ، ފުރަން އެއާޕޯޓަށް ދިއުމުގެ ކުރިން ފްލައިޓުގެ މައުލޫމާތު އެއާލައިންގެ ވެބަސައިޓާއި، ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ބެލުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެދިއްޖެއެވެ.

އެމްއޭސީއެލްއިން މިފަދައިން އެދުނީ، އިޒްރޭލާއި އިރާނާ ދެމެދު ވައިގެ ހަމަލާތަކެއް ފެށި މެދުއިރުމަތީގެ މަސްލަހަތު ގޯސްވުމުގެ ސަބަބުން އެ ސަރަހައްދުގެ ވައިގެ ބަނދަރުތައް ވަގުތީގޮތުން ބަންދުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެމްއޭސީއެލްއިން ވަނީ ފަސިންޖަރުން ސަމާލުކަން ދިނުން މުހިންމު ކަންކަން ފާހގަކޮށްފައެވެ. އޭގެތެރޭގައި:

  • ދަތުރުކުރާ އެއާލައިނުގެ ވެބްސައިޓު ނުވަތަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފްލައިޓުގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުން
  • ޓުއާ އޮޕަރޭޝަރުން މެދުވެރިކޮށް ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ސާފުކޮށް، އެމީހުންދޭ އިރުޝާދަށް ތަބައު ވުން
  • ދުރާލައި ދަތުރުގެ ކަންކަން ރޭވުން

ގަލްފް އެއާލައިން ތަކުން ރާއްޖެއަށް ޝެޑިއުލްކޮށްފައި އޮތް ފްލައިޓުތައް ވެސް މިހާރު ވަނީ ކެންސަލްކޮށްފައެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނީ ގަލްފު އެއާލައިންތައް މެދުވެރިކޮށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ