އެންމެ އިސް އަމާޒަކީ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން: މިނިސްޓްރީ

b_202601030337351767436655.1287

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާއެކު، ދައުލަތުގެ ކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ގުޅިގެން، ރާއްޖެއަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށާއި އެންމެ އިސްކަންދެނީ ދިވެހިންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން އަޅާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި އިކޮނޮމިކް މިނިސްޓްރީން ބުނީ، ރާއްޖެ އަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.

މިނިސްޓްރީން ބުނީ މެދުއިރުމަތީގެ ހަމަލާތަކާ ގުޅިގެން ބައިނަލްއަގްވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައްވެސް ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ވަރަށް ގާތުން ދިރާސާކުރަމުން އަންނަ ކަމަށެވެ.

"އަދި ރާއްޖެ އަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓުތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، އެކަންކަމުން އަރައިގަތުމަށްޓަކައި ބޭނުންވާނެ އެހެނިހެން އަލްޓަނޭޓިވް މާކެޓުތައް ހޯދުމުގެ މަސައްކަތް މި މިނިސްޓްރީން ދަނީ ކުރަމުންނެވެ،" މިނިސްޓްރީން ބުންޏެވެ.

މެދުދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ނުވަ ވަޒީރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއްވެސް އުފައްދަވައިފައެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ