ނުފުރުނު ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދެނީ، ވަޒީރުގެ ޝުކުރު އެމްއޭސީއެލަށް

0152c1dc-d2a1-400a-b10e-9c3056888bb2

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިން ރާއްޖެއިން ނުފުރި ތިބި ފަތުރުވެރިންނަށް ހާލު ބަލައި ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވަމުން ގެންދަވާކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހަނގުރާމައާ ގުޅިގެން ރާއްޖެއިން ފުރަން އޮތް އަށް ފްލައިޓެއް ކެންސަލްވެ 1400 އެއްހައި ފަތުރުވެރިން އެއާޕޯޓުގައި ވަނީ ނުފުރި ތާށިވެފައެވެ.

މިނިސްޓަރު ވިދާޅުވީ، ފްލައިޓްތައް ކެންސަލްވާން ފެށި ހިސާބުން ފަތުރުވެރިންނަށް އެމީހުން އަނބުރާ ރިސޯޓަށް ނުވަތަ ގެސްޓްހައުސްއަށް ދެވޭނެ ގޮތް ހަމަޖައްސައިދިން ކަމަށެވެ. އަދި ބައެއް ފަތުރުވެރިން ބޭނުންވީ އިތުރަށް ޓިކެޓް ބަދަލު ކޮށްގެން އެހެން ފްލައިޓެއްގައި ދިއުމުގެ މަސައްކަތް ކުރަން ކަމަށާއި، އެކަންކަންވެސް ފެސިލިޓޭޓް ކޮށްދިން ކަމަށެވެ.

މީގެ އިތުރުން އަނެއްބައި ފަތުރުވެރިން ބޭނުންވީ އެއްވެސް ތަނަކަށް ނުގޮސް އެއާޕޯޓުގައި ތިބެގެން ވާގޮތެއް ބަލާފައި ދެން ކުރިއަށް ފިޔަވަޅު އަޅަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ނުފުރި ތާށިވި ފަތުރުވެރިންނަށް އެހީވުމުގައި އެމްއޭސީއެލްއިން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އެގޮތުން ފަތުރުވެރިން އެއާޕޯޓުގައި ހޭދަކުރާ ވަގުތު ފަސޭހަކަމާއިއެކު ހޭދަކުރެވޭނެ ގޮތައް ކަންކަން ހަމަޖައްސައިދިން ކަމަށް ވިދާޅުވިއެވެ.

މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ފުރުމުގެ ކުރިން ފްލައިޓުގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓުން ހޯދުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން މިއަދު ވަނީ އިލްތިމާސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ