ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށްދާ މީހުން މިރޭ ފުރަނީ

Screenshot 2026-03-01 at 00.34.00

ރޯދަ މަހުގެ ފަހު 15 ގައި އުމްރާގެ އަޅުކަން އަދާކުރުމަށް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މައްކާއަށް ދާ ގްރޫޕް މިރޭ މައްކާއަށް ފުރާނެއެވެ.

މި ގްރޫޕް މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ ސައުދީއާގެ ފްލައިޓެއްގައެވެ.

ހައްގު ކޯޕަރޭޝަނުން އަންނަނީ ރޯދަ މަހު އުމްރާގެ އަޅުކަމަށް ހާއްސަކޮށްގެން މީހުން އުމްރާއަށް ގެންދިއުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މުޅި ރޯދަ މަހާއި ފަހު ދިހައަކަށް ހާއްސަކޮށްގެންވެސް އެ ކޯޕަރޭޝަނުން ވަނީ ޕެކޭޖުތައް ތައާރަފްކޮށްފައެވެ.

މުޅި ރޯދަ މަހު އުމްރާގައި ހޭދަކުރަން އެދުނު ފަރާތްތަކުން ފެބްރުއަރީ 18 ވަނަ ދުވަހު ވަނީ ފުރާފައެވެ.

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ރޯދަ މަހާ ދިމާކޮށް ޖުމްލަ 553 ފަރާތަކުން ޢުމްރާއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރެއިން މުޅި ރޯދަ މަހު ޢުމްރާއަށް 237 މީހުން ވަނީ ގޮސްފައެވެ. އަދި ފަހު 15ގެ އުމްރާއަށް 316 މީހުން ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މައްކާއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ