މެދުއިރުމަތީގައި ހިނގާ ހަނގުރާމައިގެ ސަބަބުން މިއަދު 19 ފްލައިޓެއް ކެންސަލްވެ، 3530 ފަތުރުވެރިންނަށް އެކަމުގެ ސަބަަބުން ދަތިތަކާ ކުރިމަތި ވެފައި ވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.
އެމްއޭސީއެލްއިން ބުނީ، މިކަމުގެ ސަބަބުން ފަތުރުވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް ހަދައި، ޚިދުމަތް ދެމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ. އެމްއޭސީއެލްއިން ވަނީ ނުފުރި އެއާޕޯޓުގައި ތާށިވެފައި ތިބި ފަތުރުވެރިންނަށ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރަން ފަށައިފައެވެ.
އެމްއޭސީއެލްއިން ބުނީ މި ހަނގުރާމައިގެ ސަބަބުން އިއްޔެ ނުވަ ފްލައިޓެއް ކެންސަލްވި ކަމަށެވެ. އަދި ގަތްގަނޑަކަށް1716 ފަތުރުވެރިން އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހުނުކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
މި ހާލަތުން އަރައިގަތުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ވިޒިޓް މޯލްޑިވްސް އާއި ޓުއާ އޮޕަރޭޓަރުން ގުޅިގެން މަަސއްކަތް ކުރަމުން އަންނަކަން އެމްއޭސިއެލްއިން ފާހަގަކުރިއެވެ. އެގޮތުން ކެންސަލް ވެފައިވާ ފްލައިޓުތަކުގެ އެއާލައިންތަކަށް ޚާއްސަ ސާވިސް ކައުންޓަރުތަކެއް ވެސް ޑޮމެސްޓިކް އެއާޕޯޓުގައި ގާިއމްކޮށްފަިއ ވާކަމަސް އެމްއޭސީއެލްއިން ބުންޏެވެ.
މިކަމާ ގުޅިގެން މީހެކުރިން ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ، ހަނގުރާމަިއގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ35 ޕަސަންޓު ފަތުރުވެރިން މަދުވާނެ ކަމަށެވެ.