މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން، ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކަށް ކަމެއް ދިމާވެއްޖެ ނަމަ، ގުޅާނެ ހޮޓްލައިން ނަމްބަރެއް ހަމަޖައްސައިފިއެވެ.
އިސްލަމިކް މިނިސްޓްރީން ހޮޓްލައިންގެ ގޮތުގައި ހަމަޖައްސާފައިވާ ނަމްބަރަކީ 3007070އެވެ. ރާއްޖެއިން ބޭރުން ގުޅާނަމަ ގުޅާނެ ހޮޓްލައިންގެ ގޮތުގައި ހަމަޖައްސާފައި ވަނީ 3007070(960)+އެވެ. މިނިސްޓްރީން ބުނީ، ރާއްޖެއިން އުމްރާއަށް ފުރާ މީހުންނާއި މިހާރު ވެސް އުމްރާގައި ތިބި މީހުން ކަމެއް ދިމާވެއްޖެ ނަމަ ގުޅަިއ ރިޕޯޓު ކުރުމަށް އެދިފައެވެ.
އިއްޔެ މިނިސްޓްރީން ވަނީޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް މިހާރު ގޮސްފައިވާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވެ ތިއްބެވުމަށް ވެސް އިލްތިމާސްކޮށްފައެވެ.
އުމްރާ ދަތުރުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ކަމާގުޅުންހުރި ރަސްމީ ފަރާތްތަކުންނާއި ސައުދީ އަރަބިއްޔާގެ ސަރުކާރުން ފޯރުކޮށްދެއްވާ އިރުޝާދުތަކާއި އެންގެވުންތަކަށް އުމްރާއަށްދާ އެންމެހާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.