ރަސްމާލޭގެ ސައިޓް އޭގެ 116 ހެކްޓަރުގެ ބިން ހިއްކައިފި

Screenshot 2026-03-03 at 11.44.55

މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ ދަށުން، ސައިޓް އޭގައި ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާތަނަށް 116 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެ މަޝްރޫއު ހިންގާ ކުންފުނި، މޯލްޑިވްސް އެެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް. އެމްއޭސީއެލްއިން ބުނެފިއެވެ.

އެމްއޭސީއެލުން ބުނީ ރަސްމާލެ ސައިޓް އޭ ގެ 116 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާއިރު، އެއީ މުޅި މަޝްރޫއަށް ބަލާއިރު، ބިން ހިއްކުމުގެ ގާތްގަނޑަކަށް 84.36 ޕަސަންޓު ކަމަށެވެ.

ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރެއިން "ޓްރެއިލާ ސަކްޝަން ހޮޕާ"ގެ އެއް ޑްރެޖަރު ކަމަށްވާ "ކްރިސްޓަބެލް ކޮލޯން" ކިޔާ ޑްރެޖަރު ރާއްޖެ ގެނެސް ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ތިން ގުނަ ހަލުވި ކޮށްފައެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ. އެ

މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ 12 ސަރަހައްދަކަށް ބަހާލައިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ