2026-03-03 11.55.03

ރާއްޖޭގެ ތެލުގެ ސްޓޮކްގައި ދަތިކަމެއް ނެތް: ވަޒީރު

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގުތަކަށް ބަދަލުއައި ނަމަވެސް ރާއްޖޭގެ ތެލުގެ ސްޓޮކްގައި މައްސަލައެއް ނެތްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ބައިނަލްއަގުވާމީ މާކެޓުތަކުގައި އިއްޔެ ތެލުގެ އަގު %25-%30އަށް އުފުލުނު ކަމަށެވެ.

"އިއްޔެ ރައީސް ފާހަގަކުރެއްވި ގޮތަށް އަޅުގަނޑުމެންނަށް އަދި އެއްވެސް ކަންބޮޑުވުމެއް ނެތް ކުރުކޮށް ދަންނަވާ ނަމަ ތެލަކަށް ނުޖެހޭނެ، އިރާދަކުރެއްވިއްޔާ. އެލްޕީޖީ ވެސް އަދި ތެޔޮ ވެސް ހިމަނައިގެން މި ދެންނެވީ. ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރު ކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގެ ތެލުގެ ސްޓޮކް އިތުރުކުރުމަށް މިހާރުވެސް ރާއްޖެއަށް ތެޔޮ ޝިޕްމަންޓެއް އަންނަމުންދާކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!