Street of Male', Photo: The Times of Addu
Street of Male', Photo: The Times of Addu

ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި މާލޭގައި އެކްސިޑެންޓްތައް ހިނގި މިންވަރު އިތުރުވެއްޖެ

ރޯދަމަހުގެ ފުރަތަމަ ހަފުތާގައި މާލޭ ސަރަހައްދުގައި އެކްސިޑެންޓްތައް ހިނގި މިންވަރު އިތުރުވެއްޖެއެވެ.

ފުލުހުން މިއަދު ވަނީ މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފުތާއާއި މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި އެކްސިޑެންޓްތައް ހިނގި މިންވަރުގެ ތަފާސްހިސާބު ހާމަކޮށްފައެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔައަހަރުގެ ރޯދަމަހުގެ ފުރަތަމަ ހަފުތާގައި 90 އެކްސިޑެންޓް މާލޭ ސަރަހައްދުގައި ހިނގިއެވެ. އަދި މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި 107 އެކްސިޑެންޓް ހިނގާފައި ވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މާލޭ ސަރަހައްދުގައި މިއަހަރުގެ ރޯދަމަހު އެންމެ ގިނަ އެކްސިޑެންޓް ހިނގާފައި ވަނީ މަޖީދީ މަގާއި ސިނަމާލެ ބްރިޖާއި ހައިވޭ ގްޅޭ ސަރަހައްދުންނެވެ. އެ ދެ ސަރަހައްދުގައި 19 އެކްސިޑެންޓް ހިނގަފައި ވާއިރު، މިދިޔަ އަހަރު ރޯދަމަހުގެ ފުރަތަމަ ހަފުތާގައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ފޭސް އެކެއްގައެވެ. އެއީ 17 އެކްސިޑެންޓެވެ.

މިއަހަރު ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި އެންމެ މަދުން އެކްސިޑެންޓް ހިނގާފައި ވަނީ މަސް މާރުކޭޓު ސަރަހައްދުގައެވެ. އެ ސަރަހައްދުގައި ތިން އެކްސިޑެންތް ހިނގާފައި ވާއިރު، އަމީނީ މަގުގައި ހިނގާފައި ވަޏީ ނުވަ އެކްސިޑެންޓެވެ.

މާލޭގައި ރޯދަމަހު ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައި އާންމުކޮށް ވެސް ޓްރެފިކް ބާރު ބޮޑުވެ، އެކްސިޑެންޓަތައް ގިނަވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!