ބ. ފުޅަދޫގައި ނިވާކަން ކުޑަކޮށް ހެދުންއަލައިގެން ފަތުރުވެރިން އާންމު ތަންތަނުގައި އުޅޭނަމަ، އެ ފަތުރުވެރިންނަށް ޚިދުމަތްދޭ ގެސްޓަ ހައުސްއެއް ޖޫރިމަނާކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.
ފުޅަދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ފަތުރުވެރިން އާންމު ތަންތަނުގައި ނިވާކަންކުޑަ ހެދުން އަޅައިގެން އުޅޭކަމުގެ ޝަކުވާތައް ކައުންސިލަށް ލިބެމުންދާކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ކައުންސިލުން އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮސްފައިވާކަން އެ ކައުންސިލުން ވަޏީ ފާހަގަކޮށްފައެވެ.
އެހެންކަމުން ރަށުތެރޭގައި ނިވާކަންކުޑަ ހެދުން އަލަިއގެން ފަތުރވެރިން އުޅޭނަމަ އެ ފަތުރުވެރިންނަށް ޚިދުމަތްދޭ ގެސްޓްހައުންތައް 750 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކައުންސިލްގެ ޖަލްސާއިން ނިންމާފައި ވާކަމަށް
މި ނިންމުމަށް އަމަލުކުރަން ފަށާފައި ވަޏީ މިއަދުން ފެށިގެންމެވެ.
ފުޅަދޫއަކީ ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްތަކުގެ ތެރެއިން ފާހަގަކުރެވޭ ރަށެކެވެ. މި ރަށަކީ ގިނަ އަދަދެއްގެ ދިވެހިން ވެސް ޗުއްޓީ ހޭދަކުރުމަށް ދާ ރަށެކެވެ.