03_24d33d02a6

މަހިބަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 160އަށްވުރެ ގިނަ ބަނގުރަ ނައްތައިލައިފި

އދ. މަހިބަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ އިއްޔެ ނައްތާލައިފިއެވެ.

ފުލުހުން ބުނީ މިއީ އެކި މައްސަލަ ތަކުގައި އދ. އަތޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ތެރެއިން މަހިބަދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށެވެ. އެގޮތުން މަހިބަދޫ ޕޮލިސް ސްޓޭޝަނުން ނައްތާލައިފައި ވަނީ 33 ފުޅި ބަނގުރަލާއި 169 ދަޅު ބަނގުރަލެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަސްތުވާތަކެތި ވެސް މި އުސޫލުގެ ދަށުން ނައްތައިލައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!