big_oTXNNzETHLNWL0ysIElTf6mpv

މަސްވެރި ކޮލެޖުން ގިނަ މަސައްކަތްތަކެއް ކުރޭ، އިތުރު ސްކޮލާޝިޕްތަކަށް ހުޅުވައިލާނެ: ޝިޔާމް

މަސްވެރި ކޮލެޖުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި މިއަހަރު ވެސް ސްކޮލާޝިޕްގެ ފުރުސަތު ޒުވާނުންނަށް ހުޅުވައިލައިނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅިވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ،، މަސްވެރި ކޮލެޖެއް ހުރުން ގަނޫނުން ލާޒިމު ކުރާކަމަށެވެ. ނަމަވެސް، މި ވެރިކަމާ ހަމައަށް އެ ކޮލެޖުގެ މަސައްކަތް ކުރެވިފައި ނުވާކަމަށާއި މި ކޮލެޖުން ކިޔަވައިދޭން ފެށުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބާރުއެޅުއްވުމުގެ ސބަބަުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އެ ކޮލެޖުން މިހާރު ޕްރޮގްރާމްތައް ފަށާފައި ވާކަމަސް ޝިޔާމް ވިދާޅުވިއެވެ.

"45 ކުދިންނަށް މިއަހަރު ވެސް ސްކޮލާޝިޕްގެ ފުރުސަތު ހަމަޖެހިގެންދާނެ،" ޝިޔާމް ވިދާޅުވިއެވެ.

މި ކޮލެޖުން އާންމުން ހޭލުންތެރި ކުރަން ވެސް މަސައްކަތް ކުރާނެކަމަށާއި އެކަމަށް މަސްވެރިކަމުގެ ކޮލެޖާއި އެމްއެންޔޫ ގުޅިގެން މަސައްކަތް ކުރާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެމްއެންޔޫގެ ހިޔާވަހިކަމުގެ ދަށުން ހިންގާ މި ކޮލެޖަށް އެ ޔުނިވާސިޓީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، ކޮލެޖުގެ ވަރަށް ގިނަ މައުލޫމާތު އެމްއެންޔޫގެ ވެބްސައިޓުން ވެސް ލިބޭނެކަމަށެވެ.

"ވަރަށް ގިނަ އެކި ގައުމުތަކާއެކު ވެސް ޕްރޮގްރާމުތަކުގެ ކުއަލިޓީ ރަނގަޅުކުރުމަށް އެކި ގައުމުތަކުގެ އެކި ޔުނިވާސިޓީތަކާއެކު މަސައްކަތް ކުރަމުން މިދަނީ،" ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން، ވޯލްޑްބޭންކްގެ ޓްރާންސްފޯމް ޕްރޮޖެކްޓްގެ ދަށުން ވެސް މީހުން ބިނާކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މިނިސްޓރަު ވިދާޅުވިއެވެ. މި ޕްރޮޖެކްޓަުގެ ދަށުން ޑިޕްލޮމާގެ ހަ ފުރުސަތު، ބެޗެލާސް ޑިގްރީގެ11 ފުރުސަތު، މާސްޓާސް ޑިގްރީގެ10 ފުރުސަތު އަދި ޕީއެޗްޑީގެ ފުރުސަތެއް ފަހިކޮށްދީފައި ވާކަމަށް މިނިސްޓރަު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މިއީ މަސްވެރކަމުގެ ސިނާއަތުގެ ކުރިމަގަށްޓަކައި ކުރާ މަަސއްކަތްތަކެއް ކަމަށެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!