Screenshot 2026-03-04 at 22.04.52

ފަހުދިހައިގެ 4 ދުވަހެއްގައި އައިޑިކާޑު ދޫކުރަނީ

ރަމަޟާން މަހު ފަހުދިހައިގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް 4 ދުވަހެއްގައި ދިނުމަށް ނިންމައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ން ވަނީ ރަމަޟާން މަހުގެ ފަހު ދިހައެއްގައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ދިނުމަށް ވަކި ގަޑިތަކަކާއި ދުވަސްތަކެއް ހަމަޖައްސާފައެވެ.

މި ޚިދުމަތް ދޭ ދުވަސްތަކަކީ، މާރިޗު މަހުގެ 11، 15، 17 އަދި 19ވަނަ ދުވަހެވެ. މި 4 ދުވަހު ޚިދުމަތް ދޭން ހަމަޖެހިފައިވަނީ، ހެނދުނު 09:00 އިން މެންދުރުފަހު 13:00 ހަމައަށެވެ.

މާލެއިން މި ޚިދުމަތް ލިބޭނީ، ޑީއެންއާރު ހެޑް އޮފީހުންނެވެ. މީގެ އިތުރުން ހުޅުމާލެ ފިޔަވަހި އެކެއްގައި ހުންނަ އުމަރު ޒާހިރު ބިލްޑިން، ހުޅުމާލެ ފޭސް ދޭއްގައި އުޅޭ މީހުންނަށް ވިނަރެސް ޓަވަރު ދެއަކުން މި ޚިދުމަތް ލިބޭނެއެވެ.

މީގެ އިތުރަށް ވިލިމާލޭގައި ހުންނަ ޑީއެންއާރު ވިލިމާލެ އޮފީހުން ވެސް މި ދުވަސްތަކުގައި ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިފައި ވާކަމަށް ޑީއެންއާރުން ބުންޏެވެ.

މީގެއިތުރުން އިމަޖެންސީ ހާލަތްތަކުގައި ޑީއެންއާރު ޑީޕާޓްމަންޓުގެ ނަންބަރަށް ގުޅުމުން ވެސް ޚިދުމަތް ލިބޭނެ މަގު އާންމު ރައްޔިތުންނަށް ފަހިކޮށްދީފައި ވާކަމަށް ޑީއެންއާރުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!