2026-03-05 10.57.36

ކުރީ ސަރުކާރުން ދޫކޮށްލި ގައިދީން އަނބުރާ ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުން: މިނިސްޓަރު

މި ދެ އަހަރުގެ ތެރޭގައި ޖަލަށް އިތުރު 400 ގައިދީންގެ ޖާގަ އިރުކޮށް، ކުރީ ސަރުކާރުގައި މާލެ ޖަލު އުވާލި މައްސަލައިގައި ދޫވި މީހުން އަނބުރާ ޖަލަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ކުރިން ރަނގަޅަށް ހިނގަހިނގާހުރި މާލޭ ޖަލާއި، ކަސްޓޯޑިއަލް ފެސިލިޓީ، ނިމުނު ސަރުކާރުގައި މުޅިން އުވާލާފަވާކަމަށާއި އެކަމުގެ ސަބަބުން 450 ޖާގަ ގެއްލި، އެތައް ގައިދީއަކު ދޫވެފައިވާ ކަމަށެވެ.

މިނިސްޓަރު ތުހުމަތުކުރެއްވި ގޮތުގައި އެ ގައިދީން ދޫކޮށްލާފައިވަނީ ކުރީ ސަރުކާރުން އިންތިހާބުތަކާ ދިމާކޮށެވެ.

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ޖަލަށް 400 ޖާގަ އިތުރުކޮށްފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ކުޑަ ހަރަދެއްގައި ގައިދީންނާއި ކަރެކްޝަންސްގެ މުވައްޒަފުންގެ އެހީތެރިކަމށާ އެކުގައި ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުން ދޫކޮށްލި ގައިދީން އަނބުރާ ޖަލަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!