މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނިގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ ޅ. ނައިފަރު / ކަށިމާގެ، ފާތިމަތު ނޫރާ (32އ) އެވެ.
ފުލުހުން ބުނީ ރޭ 08:00 ހާއިރު ނޫރާ ގެއިންބޭރަށް ދިޔަފަހުން ހަބަރެއް ނުވެ ގެއްލިފައިވާކަމަށް ރޭ 12:19 އެހައިކަންހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ނޫރާއަކީ ފިޓު ޖެހޭ މީހެކެވެ. އަދި އޭނާ ރޭގެ ވަގުތެއްގައި ގެއިން ނުކުމެގެން ދިޔައީ ފިރިމީއާ ޖެހުނު މައްސަލައެއްގައި ކަމަށްވެއެވެ.
މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާ ގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފާ ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުންވަނީ ނޫރާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9631696 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން އެދިފަ އެވެ.