l_2019_11_07_102828_se97zgincw3t4qblhyvkaf16dmj58oxpu2r_EN_

ރާއްޖެއަށް 6.7 ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި އިންޑިއާއަށް ނިސްބަތްވާ ދެ ޒުވާނުން ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެ މީހުން ކަމަށްވާ ކަތިރިވިލް މަނިމަރަން، 21 އަދި ދަނޫޝްކާނދަން ގޯޕާލް، 19 އެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ހަ ދުވަސް ވަނީ ޖަހައިފަ އެވެ.

ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި ދެ މީހުން ރާއްޖެ އައިއިރު ޝައްކު އުފެދިގެން ކަސްޓަމްސްއިން ބަލާފާސްކުރުމުގެ ތެރެއިން ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ހުރި ފުޅިތަކެއް ފެނިފައިވެ އެވެ. އެ ފުޅިތަކުގައި ހުރި އެއްޗެހި ތަހުލީލުކުރި އިރު ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެތަކެތީގެ ވަގުތީ ބަރުދަނުގައި 6.7 ކިލޯ ހުރި ކަމަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!