ރާއްޖޭގައި ޝީޝާ މަނާ ކުރުމާއެކު، ހަކުރުން ޓެކްސް ނެގުމުގެ އިތުރުން އެއަށް ދޭ ސަބްސިޑީ ކަނޑާލުމުގެ މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ޝީޝާ މަނާކުރެވި، ހަކުރުން ޓެކްސް ނެގުމުގެ އިތުރުން އެއަށް ދޭ ސަބްސިޑީ ކަނޑާލާނީ ކޮން އިރަކުންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން މިނިސްޓަރު ވަނީ "އެކަމުގެ މަޝްވަރާތައް ވަރަށް ގިނައިން ކުރައްވާ ކަމަށް" ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ ހަކުރު ބާވަތްތަކުން ޓެކްސް ނެގުމާއި ސަބްސިޑީ ކަނޑާލުމަކީ ހަމައެކަނި އެ މިނިސްޓްރީއަށް ނެގޭނެ ނިންމުމެއް ނޫން ކަމަށާއި އެ ފިޔަވަޅަށް ހެލްތު ސެކްޓާއިން އިންތިޒާރުކުރާ ކަމަށެވެ.
ޑޮކްޓަރުންގެ ޖަމިއްޔާއިން ވެސް ވަނީ ޝީޝާ މަނާކޮށް، ހަކުރު އެކުލެވޭ ބުއިންތަކުން ނަގާ ޓެކްސް އިތުރުކުރަން ގޮވާލައިފަ އެވެ.
މި ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ވޭޕް މަނާކުރުމާއި ދުންފަތުން ޖެނެރޭޝަން ބޭންއެއް ކަނޑައެޅުމާއި ޑިއުޓީ ބޮޑުކުރުން ފަދަ ކަންކަން ހިމެނެެެއެވެ.