b_202603051012291772687549.1398

ގެއްލިގެން ހޯދި ޒުވާނާ ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަން މިއަދު ފުލުހުން އިއުލާނު ކުރި ޒުވާނާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދީ ޅ. ނައިފަރު / ކަށިމާގެ، ފާތިމަތު ނޫރާ (32އ) އެވެ. ފުލުހުން ބުނީ މިއަދި11:20 ހާއިރު އޭނާ ގެއަށް ގޮސްފައި ވާކަމަށެވެ. އަދި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ކުރިން ބުނީ، ނޫރާ ރޭ 08:00 ހާއިރު ނޫރާ ގެއިންބޭރަށް ދިޔަފަހުން ހަބަރެއް ނުވެ ގެއްލިފައިވާކަމަށް ރޭ 12:19 އެހައިކަންހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ނޫރާއަކީ ފިޓު ޖެހޭ މީހެކެވެ. އަދި އޭނާ ރޭގެ ވަގުތެއްގައި ގެއިން ނުކުމެގެން ދިޔައީ ފިރިމީއާ ޖެހުނު މައްސަލައެއްގައި ކަމަށްވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!