ޓިކްޓޮކްގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި އިތުރު މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ، އުމުރުން 44 އަހަރުގެ ހިޔަލީގެ، ނ.ކުޑަފަރި، ޙުސައިން ޔޫސުފްއެވެ.
ފުލުހުން ބުނީ، އޭނާ ހޯދަނީ އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރުމާއި، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި، މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަަކައާއި އިސްލާމްދީނުގެ އަސްލުތަކާ ގުޅޭ ގޮތުން ދޮގު މަޢުލޫމާތު، ސޯސަލް މީޑިއާގެ ޕްލެޓްފޯމް ޓިކްޓޮކް މެދުވެރިކޮށް ފެތުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ. އަދި އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ 12:00 އަށް ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް އެދިފައެވެ.
މިފަހުން ވަނީ ޓިކްޓޮކްގައި ދީނަށް ފުރައްސާރަ ކުރި މައްސަލައިގައި އިތުރު މީހަކު ވެސް ހޯދަން އިއުލާނުކޮށްފައެެވެ. ފުލުހުން ހޯދަން އިއުލާނުކުރީ ޓިކްޓޮކްގައި ބޫގަގެ ނަމުން މަޝްރ=ހޫރުވެފައިވަ އަހްމަދު އާމިރެވެ.