Screenshot 2026-03-06 at 19.16.42

ތައިލެންޑު ޖަލުގައި ބަންދުކޮށްފައި ހުރި ދިވެއްސަކު މަރުވެއްޖެ

ތައިލެންޑު ޖަލުގައި ބަންދުގައި ހުރި ދިވެއްސަކު މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގައި ބަންދުކޮށްފައި ހުރި ތ. ގުރައިދޫ، ފުނާރު، އިބްރާހިމް ނަބީހު ނަސީމް (22އ) ޖަލުގައި ހުއްޓައި ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ނަބީހު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ޑޮން މުއާންގް އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރެއިންނެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!