މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މެދުކަނޑާލާފައިވާ އިއްތިހާދު އެއާވޭސްގެ ދަތުރުތައް، މިއަދުން ފެށިގެން ވަކި މަންޒިލްތަކަކަށް އަލުން ފެށުމަށް އެ އެއާލައިނުން ނިންމައިފިއެވެ.
މި ދަތުރުތައް ކުރުމަށް ނިންމާފައިވަނީ މިމަހުގެ 6 އިން 19 އަށެވެ.
އިއްތިހާދު އެއާލައިނުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނީ އެ އެއާލައިންގެ ދަތުރުތައް އަލުން ފެށުމަށް ނިންމީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ފުރިހަމައަށް ކަށަވަރު ކުރުމަށްފަހުގައިކަމަށެވެ.
އެ އެއާލައިނުން އަބޫދާބީއާއި ދުނިޔޭގެ މުހިންމު 25 މަންޒިލަކާ ދެމެދު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވެއެވެ.
އޭގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ.