55951fc8-6676-46d9-9db8-5575ffac8fda

މޯލްޑިވިއަނުން ޓްރެވެންޑްރަމަށް ދަތުރުކުރާ ފަރާތްތަކަށް އަންނަތަޕޫރީ ހޮސްޕިޓަލުން ޑިސްކައުންޓް ދެނީ

މޯލްޑިވިއަނުން ޓްރެވެންޑްރަމަށް ދަތުރުކުރާ ފަރާތްތަކަށް އަނަންތަޕޫރީ ހޮސްޕިޓަލްސް އެންޑް ރިސާޗް އިންސްޓިޓިއުޓުން ޑިސްކައުންޓް ލިބޭ ގޮތް ހަދައިފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ އަނަންތަޕޫރީ ހޮސްޕިޓަލްސް އެންޑް ރިސާޗް އިންސްޓިޓިއުޓާއެކު އެ ކުންފުނިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ސިއްހީ ހިދުމަތް ހޯދުމަށް ޓްރެވެންޑްރަމަށް ދަތުރުކުރާ ފަރާތްތަކަށް ލުއި ފަސޭހަ ހިދުމަތްތަކެއް ލިބޭނެ ކަަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން މޯލްޑިވިއަނުން ދަތުރުކުރާ ފަރާތްތަކަށް އަންނަތަޕޫރީ ހޮސްޕިޓަލުން ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

އަނަންތަޕޫރީ ހޮސްޕިޓަލުން ލިބޭނެ ޑިސްކައުންޓަކަކީ:

  • އައުޑް ޕޭޝަންޓް އަދި އިން ޕޭޝަން ހިދުމަތްތަކަށް ހާއްސަ ޑިސްކައުންޓްހެލްތް ޗެކަޕް ޕެކޭޖްތަކަށް 15 ޕަސަންޓު ޑިސްކައުން
  • ޓްއައުޓް ޕޭޝަންޓް އަދި ރޭޑިއޮލަޖީ ހިދުމަތްތަކަށް 10 ޕަސަންޓު ޑިސްކައުން
  • ޓްޓްރެވެންޑްރަމް އެއާޕޯޓުން އެ ހޮސްޕިޓަލަށް އެމްބިއުލާންސްގައި ހިލޭ ދަތުރު

މީގެ އިތުރުން  އަނަންތަޕޫރީ ހޮސްޕިޓަލުން ބަލި މީހުންނަށް އެޕޮއިންޓްމެންޓް ހަމަޖައްސައިދިނުމާއި އެހެނިހެން ހިދުމަތްތައް ހޯދުމުގައި އެހީތެރިވާނެ ކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.  އަދި  އުމުރުން ދުވަސްވީ ފަސެންޖަރުންނަށް ހާއްސަކޮށްގެން އިނގިރޭސި އަދި ދިވެހި ބަހުން ވާހަކަ ދައްކަން އެނގޭ މުވައްޒަފުން އެސިސްޓެންޓުންގެ ގޮތުގައި ތިބޭނެ ކަމަށްވެސް ބުންޏެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!