އައްޑޫ ފޭދޫ ބަނދަރު ބޭރުގައި އަޅާފައި އޮތް ޑައިވިން ދޯންޏެއްގައި މިއަދު އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
އެމްއެންޑީއެފުން ބުނީ ޑައިވިން ދޯނީގައި ރޯވެގެން ސަދަން އޭރިޔާގެ ފަޔަ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އަލިފާން ރޯވީ، މައިނާ ސަފާރީގެ ޑައިވިން ދޯނީގައެވެ.
އެ ހާދިސާގައި އެއްވެސް މީހަކަަށް އަނިޔާވެފައި ނުވާއިރު، ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.
އެ ދޯނީގައި އަލިފާން ރޯވި ސަބަބެއް އަދި ސާފެއް ނޫނެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ދޯނީގައި ރޯވީ ގޭސްފުޅިއެއް ގޮވައިގެންނެވެ.