Screenshot 2026-03-07 at 15.57.26

ރާއްޖެ އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފައިވާ ކަމަށެވެ.

އެތަކެތި އަތުލައިގަތީ މި މަހުގެ ފަސް ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސްއިން 99،000 ސިނގިރޭޓް އަތުލައިގެންފައިވާއިރު ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން މި ފަހުން ވަނީ ފާއިތުވި ދޮޅު މަސް ދުވަހުގެ ތެރޭގައި 7،000 ވޭޕް ސްޓިކާއި ދެ މިލިއަން ސިނގިރޭޓު އަތުލައިގަނެވިފައި ވާކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!