ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނީ ސުޕްރީމް ކޯޓުން މައްސަލަ ނިންމާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ބިލު ތަސްދީގު ކުރެއްވީ ހައެއް ޑިސެމްބަރުގައެވެ. ގާނޫނަށް އަމަލުކުރަން ފަށަން ކަނޑައަޅާފައި ވަނީ ތިންމަސްދުވަހެވެ. އެ ތިން މަސްދުބވަސް މިއަދު ވަނީ ހަމަވެފައެވެ.
މަރުގެ އަދަބު ކަނޑައެޅޭނެ ޝަރުތުތަކަކީ، އެތެެރެކުރާ މަސްތުވާތަކެތީގެ ވަކި ބާވަތެއްގައި ވަކި ބަރުދަނެއް ހަމަވާނަމަ އާއި އެ މީހަކާއެކު މަސްތުވާތަކެތި އެތެރެކުރިނަމައެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހަކަށް މަރުގެ އަދަބު ދިނުމަށް ސުޕްރީމް ކޯޓުން އިއްތިފާގު ނުވާނަމަ، ހުކުމް އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100,000ރ. އިން ފެށިގެން 10,000,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށެވެ.
ގާނޫނުގައި އުމުރަށް ޖަލަސްލުން މާނަ ކުރަނީ25 އަހަރަށް ޖަލަށް ލުމަށެވެ. ނަމަވެސް، މި އިސްލާހާއެކު އުމުރަށް ޖަލަށް ލެވޭނީ ޕެރޯލުން ދޫ ނުކުރެވޭގޮތަށް އަދި މާފު ވެސް ނުދެވޭގޮތަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ދަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.