ޑައިވިން ދޯނީގައި ރޯވުން: އެކެެއްގެ ފައި ފިހުން

Screenshot 2026-03-07 at 21.28.34

އައްޑޫ ފޭދޫ ބަނދަރު ބޭރުގައި އަޅާފައި އޮތް ޑައިވިން ދޯންޏެއްގައި މިއަދު އަލިފާން ރޯވެ ހިނގި ހާދިސާގައި އެކެއްގެ ފައި ފިހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، އޭނާއަށް އައްޑޫ ސިޓީ ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައި ވާކަމަށެވެ. އަނިޔާލިބުނު މީހާއާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އެމްއެންޑީއެފުން އިތުރަށް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 13:30 ހާއިރެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު 15:30 ހާއިރު ދޯނި ވަނީ އަޑިއަށް ގޮސްފައެވެ.

ޑައިވިން ދޯނީގައި އަލިފާން ރޯވުމުން ދޯނީގައި ތިބި މީހުން ވަނީ ދޯނި ކައިރިކޮށްފައި އޮތް ސަފާރީއަށް އަރާފައެވެ.

އެނގިފައިވާ ގޮތުގައި އަލިފާން ރޯވީ، މައިނާ ސަފާރީގެ ޑައިވިން ދޯނީގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ