Screenshot 2026-03-07 at 23.09.13

ވަރުގަދަ އައްޑޫއަކީ މުޅި ދެކުނު ބާރުގަދަވުން: މުޝްރިފު

ވަރުގަދަ އައްޑޫ ސިޓީއަކީ މުޅި ދެކުނުގެ ސަރަހައްދު ބާރުގަދަވުން ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރަކަށް ސަރުކާރު ހިންގާ ޕީއެންސީން ވާދަކުރައްވާ މުޝްރިފް އަލީ ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށްދާ ޖަލްސާގައި މުޝްރިފް ވިދާޅުވީ، އައްޑޫގެ ރައްޔިތުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ގާބިލްކަން ހުރި ރައްޔިތެއް ކަމަށެވެ.

މުޝްރިފް ވިދާޅުވީ، ރާއްޖޭގެ ތަރައްގީގައި އައްޑޫގެ ދަރީންގެ ހިއްސާ ބޮޑު ކަމަށެވެ. އަދި "ދަ ގްރޭޓާ އައްޑޫ" އަކީ، ހަމައެކަނި ތަސައްވަރެއް ނޫން ކަމަށާއި އެއީ ހަގީގަތަކަށް ހެދުމުގެ ހެޔޮ ވިސްނުމެއް ކަމަށެވެ.

މުޝްރިފް ވިދާޅުވީ، އައްޑޫއަށް ޒަމާނުއްސުރެ ވެފައި އޮތް އިހުމާލު ނިމުމަކަށް ގެނެސް އައްޑޫއަށް ތަރަައްގީ ގެނައުމަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓުލާން ޖެހޭ ކަމަށެވެ.

މުޝްރިފް އިތުރަށް ވިދާޅުވީ، ސިޓީތައް ކުރިއަރަނީ އާ ވިސްނުންތަކާއި އިންތިޒާމުތަކާއި އާ އިންވެސްޓްމަންޓްތަކަށް ފުރުސަތު ލިބިގެން ކަމަށާއި އެކަން ކުރެވޭނީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!