Screenshot 2026-03-08 at 15.20.50

ދަރިންނަށް ދެ އަހަރު ފުރެންދެން މުވައްޒަފުންނަށް ހުސްވަގުތު ދޭން ފާސްކޮށްފި

ދަރިންނަށް ދެ އަހަރު ފުރެންދެން، މުވައްޒަފުންނަށް ކޮންމެ ދުވަހަކު ހުސް ވަގުތު ދޭންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވަޒީފާ އާ ބެހޭ ގާނޫނު އޭރު އޮތް ގޮތުން، ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ހުސް ވަގުތުކޮޅެއް އަންހެން މުވައްޒަފުންނަށް ލިބެނީ ދަރިފުޅަށް އެއް އަހަރު ފުރުމާ ހަމައަށެވެ.

ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި އެ ބިލްގައި ވަނީ ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭންޖެހޭ ގޮތަށް ބަދަލު ކުރުމަށެވެ.

އޭގެ އިތުރުންވެސް ބައެއް އިސްލާހުތައް ހުށަހެޅިއެވެ.

އެ އިސްލާހުތައް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!