Screenshot 2026-02-26 at 16.14.13

އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލުމަށް ފޯމު ހުށަހަޅަން ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ގެޒެޓު ކުރި އިއުލާނުގައި ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ 30ގެ ނިޔަލަށް ގޯއްޗަށް އެދުމުގެ ފުރުސަތު ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިފައިވާ ކަމަށެވެ.

އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލެވޭގޮތަށް ހުޅުވާލާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ނިންމެވުން ނިންމެވީ މިހާރު ފްލެޓެއް އޮތްނަމަ، އިތުރު ބޯހިޔާވަހިކަމަކަށް ކުރިމަތި ނުލެވޭތީ އޮތް ޝަކުވާއަށް ހައްލެއް ހޯދައިދީ، ކޮންމެ އާއިލާއަކީވެސް އަމިއްލަ ގެދޮރު ކަށަވަރުވެފައިވާ އާއިލާއަކަށް ހެދުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!