މި ރޯދަ މަހުގެ ފަހު ދިހަ އަކަށް, މި އަދުން ފެށިގެން ސަރުކާރު ބަންދުވެއްޖެއެވެ.
ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން، ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެންމެ ފުރަތަމަ ފަހު ދިހައެއް ބަންދުކޮށްފައިވަނީ މިދިޔަ އަހަރުއެވެ.
ފަހު ދިހައެއްގައި ސަރުކާރު ބަންދުވާ ދުވަސްތަކުގައި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިން އަންގައިފައެވެ.
މި އަހަރުގެ ރޯދަ މަސް ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހެވެ.