އީރާނުގެ އާ ރޫހާނީ ލީޑަރަކަށް ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ

Screenshot 2026-03-09 at 14.16.18

އީރާނުގެ އާ ރޫހީ ލީޑަރަކަށް، ޝަހީދު ކޮށްލި ޢަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ ހޮވައިފިއެވެ.

އީރާނުގެ އެންމެ ފަހުގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލް ގުޅިގެން ދޭން ފެށި ހަމަލާގެ ތެރެއިން ހަމަ އެދުވަހުގެ ވަގުތެއްގައެވެ.

އިރާނުން އިއްޔެ އެގައުމުގެ އާ ސުޕްރީމް ލީޑަރެއް ހޮވަން ބޭއްވި އެސެމްބްލީގައި، އެ އެސެމްބްލީގައި ހިމެނޭ ހާއްސަ ޓީމުތަކުގެ އިއްތިފާގުން އާ ސުޕްރީމް ލީޑަރެއް ކަނޑައަޅާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ކޮމެޓީގައި ހިމެނޭ އެގައުމުގެ ހުޒެސްތާނަށް ނިސްބަތްވާ މެންބަރު މުހްސެން ހޭދަރީއާ ހަވާލާދީ އެގައުމުގެ އައިއެސްއެންއޭ ނިއުސް އެޖެންސީން ބުނެފައިވަނީ ހާއްސަ ކޮމެޓީން ސުޕްރީމް ލީޑަރު ހޮވާފައިވާ ކަމަށެވެ.

ޢަލީ ޚާމަނާއީގެ ދަރިކަލުން މުޖްތަބާ އާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ވަނީ އާ ލީޑަރެއް ހޮވި ނަމަވެސް އެލީޑަރުގެ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް ބުނެފައެވެ.

އިސްރާއީލުގެ މިލިޓަރީން އެކްސްގައި މީގެ ކުރިން ކުރި ޕޯސްޓެއްގައި ވަނީ ޚާމަނާއިގެ ބަދަލުގައި އިރާނުން ހޮވާ ކޮންމެ ލީޑަރަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ