އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނީ މި ސަރުކާރުން: އިހްސާން

Screenshot 2026-03-09 at 22.48.47

އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނީ މި ސަރުކާރުން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް އެ ސިޓީގައި ގާއިމްކުރާ ސެންޓްރަލް ޕަވާ ސްޓޭޝަން ގާއިމުކޮށް ނިންމުމަށް ފެނަކައިން ދާދިފަހުން ވަނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާ ހަވާލުކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެ މަޝްރއު ނިމުމުން އައްޑޫގެ ކަރަންޓުގެ މައްސަލައަށް 20 އަހަރު ދުވަހުގެ ހައްލެއް ލިބޭނެ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން 26 މެގަވޮޓުގެ ކަރަންޓު އުފައްދާނެއެވެ.

އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން ހަވާލުކުރީ ގޮތް ނޭނގޭ ބަޔަކާ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވާއިރު، އެކަމަށް ރައްދު ދެއްވައި މިނިސްޓަރު އިހްސާން ވިދާޅުވީ،  އްޑޫ ކަރަންޓު މައްސަލަ އަށް ދާއިމީ ހައްލެއް ގެނެސްދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް މުޝްރިފް އަލީގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށެވެ.

ދުބާއީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޑެފިނިޓް ސޮލިއުޝަންސްއަކީ، ދުބާއީގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުގައި މިފަދަ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ އަދި ހިންގަމުންގެންދާ، ތަޖުރިބާ ލިބިފައިވާ ކުންފުންޏެެކެވެ.

ފެނަކައިން ބުނީ މި މަޝްރޫޢުގެ ދަށުން މި ޕަވަރ ސްޓޭޝަންގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ބެލްޖިއަމް ކުންފުންޏެއްކަމުގައިވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭ.ބީ.ސީ)ގެ އުފެއްދުމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ