Screenshot 2026-03-10 at 22.19.59

ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ނުވަތަ މޯލްޑިވްސް ނޭޝަނަލް ސާވިސް ޕްރޮގްރާމުގައި ބައިވެރިވުމަށް ޑިފެންސް މިނިސްޓްރީން އިއްޔެ ހުޅުވައިލައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ދިވެހި ވަތަނީ ޚިދުމަތުން ކުރިއަށް ގެންދާ "ނެޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން"ގެ ތިންވަނަ ބުރުގައި ބައިވެރި ވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައި ވާކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރި ވުމުގެ ޝަރުތުތަކަކީ:

  • އުމުރުން16 އަހަރު ފުރި، 28 އަހަރު ނުފުރޭ ފަރާތެއް ކަމުގައި ވުން. 18 އަހަރުން ދަށުގެ ކުދިން މި ޕްރޮގްރާމުގައި ބައިވެރި ވެވޭނީ ބެލެނިވެރިންގެ އިއުތިރާޒެއް ނެތްނަމަ.
  • ފުރިހަމަ ސިއްހަތެއްްގައި ހުރުން

މި ތަމްރީނަކީ ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީނެކެވެ. މި ތަމްރީނު ފަށަން ނިންމާފައި ވަނީ އަންނަ މޭ މަހުގެ ފަހު ހަފުތާގައި ކަމަށް އެ އިއުލާނުގައި ވެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން "ދިވެހި ވަތަނީ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު އީމެއިލް މެދުވެރިކޮށް ނުވަތަ ބަންދު ނޫން ދުވަސްތަކުގައި އެ މިނިސްޓްރީގެ ރިސެޕްޝަނަށް ހަވާލުކުރުމަށް މިނިސްޓްރީން ވަޏީ އެދިފައެވެ.

މި ފޯމް ހުށަހެޅުމުގެ ފަހު ވަގުތަކީ އެޕްރިލް ފަސްވަނަ ދުވަހެވެ.

މީގެކުރިން ކުރިއަށް ގެންގޮސްފައިވާ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްތަކަސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ވަނީ350 ދަރިވަރުން ބައިވެރި ވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!