ވޯޓު ކަރުދާސްތަކެއް ގުނަނީ--- ފޮޓޯ: ނިޝާން  އަލީ / މިހާރު
ވޯޓު ކަރުދާސްތަކެއް ގުނަނީ--- ފޮޓޯ: ނިޝާން އަލީ / މިހާރު

ދާއިމީ ވޯޓާސް ލިސްޓު އާންމުކޮށްފި، 294،876 މީހުންނަށް ވޯޓު ލެވޭނެ

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން އެންމެ ފުރަތަމަ އާންމު ކުރި ވަގުތީ ލިސްޓުގައިވާގޮތުން ރާއްޖޭގައި 18 އަހަރުން މަތީގެ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތަށް ފަހު އީސީން މިހާރު ވަނީ ދާއިމީ ވޯޓާސް ލިސްޓު އާންމުކޮށްފައެވެ.

ދާއިމީ ވޯޓާސް ލިސްޓުގައި ވާގޮތުން ވޯޓުލުމުގެ ހައްގު ލިބެނީ 294،876 މީހުންނަށެވެ. މިއީ ވަގުތީ ލިސްޓުގައި ހިމެނި އަދަދަށްވުރެ 61 މީހުންގެ މަދު އަދަދެކެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ލިސްޓުގައިވާގޮތުން މި އިންތިހާބުތަކުގައި ވޯޓުލުމުގެ ޙައްގު ލިބެނީ 150،370 ފިރިހެނުންނަށާއި 144،506 އަންހެނުންނަށެވެ.

އަންނަ މަހު ބާއްވާ 3 ވޯޓުގައި ވޯޓުލުމަށް ޖުމްލަ 588 ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!