fpp05Nus

ނިޒާރު ވަނީ އައްޑޫ ސިޓީ ދަރުވާލާފައި!

އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ އައްޑޫ ސިޓީ ދަރުވާލާފައި ކަމަށް އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބުނެފިއެވެ.

މައުލޫމާތު އެނގޭ ފަރާތަކުން "މަސްވެރިން" އަށް މައުލޫމާތު ދެމުން ބުނީ މޭޔަރު ނިޒާރުގެ މޭޔަރުކަމުގައި އައްޑޫގައި ފެށި އެއްވެސް މަޝްރޫއެއް ނިމިފައި ނުވާ ކަމަށާއި ނިޒާރަކީ އަބަދުވެސް މަރަކާއި ހީލަތް ހަދާ މީހެއް ކަމަށެވެ.

އޭނާ ބުނި ގޮތުގައި ނިޒާރުގެ މޭޔަރުކަމުގައި އައްޑޫގައި އެންވަޔަރަަމަންޓް އެސެސްމެންޓް ނުހަދައި މަޝްރޫއެއް ހިންގުމުން 30 މިލިއަން ރުފިޔާއިން އައްޑޫ ސިޓީ ކައުންސިލް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެއީވެސް މޭޔަރު ނިޒާރުގެ ނާގާބިލުކަމުން ވެފައި އޮތް ކަމެއްކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާރުން އައްޑޫގައި ގޭދޮށު މަސް ފެކްޓަރީ ހެދުމަށް ދިން ލާރިއަށްވެސް ނިޒާރު ހިޔާނާތްތެރިވެ، ގާތް ބައެއް މީހުންނަށް މަޝްރޫއު ހިންގުމުގެ ނަމުގައި ބަހާލައިފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެއިން އެއްވެސް ކަމެއް ނުކުރޭ. 20 މިލިއަން ޑޮލަރު އެ މަޝްރޫއަށްވެސް ދިން. ގާތް މީހުންނަށް ބަހާލީ." އޭނާ ބުންޏެވެ.

އައްޑޫގެ ކަމުވޮށިގެންވާ އެހެން މީހަކު ބުނި ގޮތުގައި އައްޑޫ ސިޓީން މީދޫ އާއި ހުޅުދޫ ވަކިވުމުގެ ޒިންމާވެސް ނަގަން ޖެހޭނީ ނިޒާރެވެ. އެއީ އެ ރަށްރަށުން ބޭނުންވާ ކަންކަން ސިޓީ ކައުންސިލް މެދުވެރިކޮށް ނުވުމާއި އެ ރަށްރަށުން ސިޓީ ކައުންސިލުން އިހުމާލުވުމެވެ.

އޭނާ ބުނި ގޮތުގައި ނިޒާރަކީ މޭޔަރުކަމަށް ގެންނަން ހެޔޮވާ ވަރު މީހެއް ނޫނެވެ. އެންމެ ބޮޑު ސަބަބަކީ އައްޑޫ ދަރުވާލުމެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!