މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ކުރިއަށް އޮތް ކުޑަ އީދުގައި ބޮކިފަތި ދިއްލާނީ ސިޓިތަކުގައި އެކަނި ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ޢިދު ދުވަހު ސިޓީތަކުގަ އާއި ބައެއް ރަށްރަށުގައި ގިޑިގެ ތަކާއި ބޮކިފަތި ދިއްލައި ޒީނަތްތެރިކުރަން ފެށީ މި ސަރުކާރުންނެވެ.
ހަނގުރާމައާ ގުޅިގެން އެކަލަވައިލާފައިވާ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ ޗެއާ އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް މިއަދު ވިދާޅުވީ، ކުޑަ އީދުގައި ބޮކިފަތި ދިއްލުމާ ގުޅިގެން ކެބިނެޓުގައި މަޝްވަރާ ކޮށްފައި ވާކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ބޮކިފަތި ނުދިއްލައި ހަމައެކަނި ސިޓީތަކުގައި ބޮކިފަތި ދިއްލަން ކެބިނެޓުން ނިންމާފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސިޓީތަކުގައި ވެސް ބޮކިފަތި ދިއްލާނީ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ކަމަށެވެ.
ކެބިނެޓުގެ މި ނިންމުމާ ގުޅިގެން މިއަހަރު ކުޑަ އީދުގައި ބޮކިފަތި ދިއްލާނީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ދިޓީ އަދި ކުޅުދުއްފުށީ ސިޓީގައެވެ.