ކަނޑުފަޅު ނަފާ ލޯނު: 18 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރި އުޅަނދުތަކަށް ދޫކޮށްފި

މަސްވެރިންތަކެއް، ފޮޓޯ-މަސްވެރި އިހަވަންދޫ
މަސްވެރިންތަކެއް، ފޮޓޯ-މަސްވެރި އިހަވަންދޫ

ކަނޑުފަޅު ނަފާ ލޯނުގެ ދަށުން މިހާތަނަށް 18 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރި އުޅަނދުތަކަށް ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ކަނޑުފަޅު ނަފާ ލޯނު ދޫކުރަނީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

މި ލޯނު ދޫކުރަނީ ފިޝަރީޒް މިނިސްޓްރީއާއި އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިހާތަނަށް ޖުމްލަ 47 އެޕްލިކޭޝަންއަކަށް ލޯނު ދޫކުރެވިފައިވާކަމަށެވެ. އެއީ 18،240،000ރ ގެ ލޯނެވެ.

ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ އުޅަނދުގައި އާރުއެސްޑަބްލިއު ސިސްޓަމް އެޅުމަށާއި ފަރު މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކަށް ލޯނަށް އެދި ހުޅުވާލާފައެވެ. އެކަމަށް އެދުނު ފަރާތްތަކަށް 34 މިލިއަން ރުފިޔާގެ ލޯނު މިހާރު އެޕްރޫވްކޮށްފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ