އައްޑޫން ވަގަށް ނެގި ޓީވީއަކާއި ފޯނުތަކެއް ހޯދައި، ވެރިފަރާތާ ހަވާލުކޮށްފި

Screenshot 2026-03-16 at 22.20.00

އައްޑޫން ސިޓީން ވަގަށް ނެގި ޓީވީއަކާއި ފޯނުތަކެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.

އައްޑޫ ސިޓީ ފުލުހުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ޖެނުއަރީ 24އިން ފެށިގެން ފެބްރުއަރީ 15ވަނަ ދުވަހާ ހަމައަށް ހިތަދޫ ޕޮލިސްއަށް ހުށަހެޅުނު ވައްކަމުގެ މައްސަލަތަކުގައި ވަގަށް ނަގާފައިވާ ތަކެތި ހިތަދޫ ޕޮލިސްއިން ހޯދައި، އެ ތަކެތީގެ ވެރިފަރާތާއި ހަވާލުކުރެވިފައި ވާކަމަށެވެ.

ވައްކަން ކޮށްގެން ހޯދާފައިވާ ކަމަށް ޝައްކުކުރެވޭ އެއްވެސް އެއްޗެއް މީހަކު ވިއްކަން އުޅޭނަމަ، ނުވަތަ ވިއްކުމަށް ހުށަހަޅާނަމަ އެފަދަ ތަކެތި އެ މީހެއްގެ އަތުން ނުގަތުމަށާއި، އެފަދަ ކަމެއް ދިމާވެއްޖެނަމަ ލަސް ނުކޮށް އެކަން ފުލުހަށް ރިޕޯޓު ކުރުމަށް އެ އިދާރާއިން ވަނީ އަންގައިފައެވެ.

ހިތަދޫ ޕޮލިހުން ވަނީ އެ އިދާރާއިން ހޯދި ބައެއް ތަކެތީގެ ފޮޓޯ ހާމަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ، ތިން ފޯނާއި، ޓީވީއަކާއި، މަސައްކަތް ކުރަން ބޭނުންކުރާ ސާމާނާއި ބައިސްކަލެކެވެ.

މީގެކުރިން ހިތަދޫ ޕޮލިހުން ވަނީ ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ކާނާ ހޯދައިފައެވެ. އޭގެތެރޭގައި ބަނބުކޭލާއި އަނބު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ