އާންމު ރައްޔިތުންނާއި މަސްވެރިންނަށް ކުރިއެކޭ އެއް އަގެއްގައި ތެޔޮ ލިބޭނެ: އެސްޓީއޯ

l_2024_01_21_061652_gycqhmk2aw96r8ful3v41tjzxsondpe7i5b_EN_

އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީއާއި މަސްވެރިންނާއި އާންމު ހިދުމަތް ދޭ ފަރާތްތަކަށް ކުރިންވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯގެ އޮފިޝަލަކު މިރޭ ވިދާޅުވީ ކުރިއެކޭ އެއް އަގެއްގައި ތެޔޮ ލިބޭނެކަމަށެވެ.

އެސްޓީއޯއިން މަސްވެރިންނަށާއި ޕަބްލިކް ފެރީއާއި އާންމު ދަތުރުތަކަށް ދޫކުރާ ތެޔޮ ލިބޭނެ އަގަށް ބަދަލު ނާންނަ ކަމަށް ބުނެފައި މިވަނީ އަތޮޅު ތެރޭގައި ތެލުގެ އަގު އުފުލުމާއެކު ދަތުރުފަތުރުކުރާ ބައެއް ފަރާތްތަކުން އަގުތައް ބޮޑުކުރުމުންނެވެ.

މާލެ ސަރަހައްދުގައި ތެލުގެ ވިޔަފާރިކުރާ ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، އިއްޔެއާ ހަމައަށް ޑީސަލް ލީޓަރެއް 16.52 ރުފިޔާއަށް ލިބުނު ނަމަވެސް، މިއަދުން ފެށިގެން އެ އަގު ވަނީ 27.22 ރުފިޔާއަށް ބޮޑުވެފައެވެ. އަދި 15.00 ރުފިޔާއަށް ލިބެމުންދިޔަ ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 26.14 ރުފިޔާއަށް އުފުލިފައެވެ.

މީގެ އިތުރުން، އަތޮޅުތެރޭގައި އެސްޓީއޯއިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށްވެސް ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް މިހާރު ހަމަޖައްސާފައިވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ