މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިއުލަ ނުކޮށްފިއެވެ.
މިއީ ހުޅުމާލެ ފޭސް އެކެއް އިންވެސްޓިގޭޝަނުން ތަހުގީގުކުރާ މައްސަލައެކެވެ. މި މައްސަލައިގައި ހޯދަނީ އުމުރުން 40 އަހަރުގެނަރުގިސްވިލާ، ވ.ރަކީދޫ އިގްބާލެވެ.
ފުލުހުން ބުނީ، ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް އިގްބާލަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ.
އެހެންކަމުން ފުލުހުން ވަނީ މިމަހުގެ 24 ވަނަ ދުވަހު ހެނދުނު 10:00ގައި ފޭސް އެކެއް ޕޮލިސްސްޓޭޝަނަށް ހާޒިރުވުމަށް އެދިފައެވެ.